ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) މިމަހުގެ 31 ގައި ބޭއްވުމަށް ވަނީ ނިންމައިފިއެވެ.
ދިރާގުން ބުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޗެމްޕިއަންޝިޕްގައި، ފޯ-ގޭމް ފޯމެޓްގެ އެހީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ޑީއެމްޖީސީގައި "ޕަބްޖީ"، "މޯބައިލް ލެޖެންޑްސް: ބޭންގ ބޭންގ" ގެ އިތުރުން މިފަހަރު އަލަށް ތައާރަފުކުރާ "ރޮކެޓް ލީގް" އަދި "އެފްސީ 25" ވަނީ ހިމަނައިފައެވެ.
އެ ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށްދާނެއެވެ. އެގޮތުން، "ޕަބްޖީ މޯބައިލް ކޮލިފައި"ގެ އެންމެ ގަދަ 16 ގެ ގަދަ ހިފުމެއް ފެނިގެންދާނެއެވެ. އަދި، މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ ހަތް ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ 2V2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އެފްސީ 25 ގައި ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށާއި ރާއްޖޭގައި ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެ މުބާރާތަކީ ދިރާގުން ދިވެހި ގޭމިން އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
ފާތިމަތު ލިއުޝާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު