މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ދޭ ޝަރުތުތަކާ އެއްގޮތަށް އެ ކުންފުނީގެ ބޭނުމަށް ލޭންޑިން ކްރާފްޓެެއް ގަތުމަށް އިއުލާނުކޮށްފިއެވެ.

އެމްޕީއެލުން މިއަދު ކުރި އިއުލާނުގައި ބުނީ އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ބޭނުންވާ ލޭންޑިން ކްރާފްޓަކަށް ބޭނުންވާ ފެންވަރު ރަނގަޅު ޓަގު ބޯޓުތައް ސަޕްލައި ކުރުމުގެ ތަޖުރިބާ ލިބިފައިވާ ދިވެހި އަދި ބައިނަލްއަގުވާމީ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ބިޑް ކާމިޔާބުވާ ފަރާތަކުން އެމްޕީއެލުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލޭންޑިން ކްރާފްޓެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެ ޓެންޑާގައި ބައިވެރިވުމަށް ޓެންޑާ އިންފޮމޭޝަން، ސްކޯޕް އޮފް ވޯކް، ބިޑް ކާމިޔާބުވާ ފަރާތަކުން އެމްޕީއެލުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލޭންޑިން ކްރާފްޓެއް ފޯރުކޮށްދިނުމަށް އެދޭ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ ރަޖިސްޓްރީ ކުރުމާއި ބިޑް ހުށަހެޅުމަށް https://forms.office.com/r/sysHcL6NHD ފޯމު ފުރިހަމަކުރުމަށްފަހު މި މަހުގެ 24ގެ 13:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށާއި ބީލަން ހުށަހަޅާ ފަރާތްތަކަށް މައުލޫމާތުދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26ގެ 13:00 ގައި ކަމަށެވެ.

ބިޑަށް ރަޖިސްޓްރީ ނުވާ ސަޕްލަޔަރުންނަށް ޕްރީ ބިޑް މީޓިންގައި ބައިވެރިނުވެވޭނެ ކަމަށާއި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ސަޕްލަޔަރުން ޕްރީ ބިޑް މީޓިންއަށް ހާޒިރުވާންވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސުވާލުތައް ސާފުކުރުމަށް އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލްކުރުމަށް އެމްޕީއެލުން ވަނީ އެދިފައެވެ.

ބިޑް ހުށަހަޅަންޖެހެނީ އަންނަ ޖުލައި މަހުގެ 17ގެ 13:00ގެ ކުރިން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޕީއެލްގެ ޕޯޓް ބިލްޑިން އަށެވެ. އަދި ބިޑް ހުށަހަޅާއިރު އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ހުށަހެޅުންތައް ޖެހެނީ އިނގިރޭސި ބަހުންނެވެ.

ޕްރީ ބިޑް މީޓިންއަށް ހާޒިރުނުވާ ސަޕްލަޔަރުންނަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި ބިޑް ކުރާ ފަރާތުން ޕްރޮޖެކްޓްގެ ބިޑް ވެލިއުގެ ފަސް ޕަސެންޓް ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭނެ ކަމަށް އެމްޕީއެލްގެ އިއުލާނުގައި ބުންޏެވެ.

ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ މުއްދަތެކެވެ. ބީލަމުގެ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަށަވަރު ނުވާ އެއްވެސް ބިޑަކަށް ޖަވާބުދާރީ ނުވާނެ ކަމަށާއި އަދި އެ ބިޑްތައް ރިޖެކްޓު ކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެކަމާ ގުޅުންހުރި މައުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހެވެ. އަދި އެކަމަށް އެމްޕީއެލުން ޖަވާބުދާރީވާނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު ފަހު 3:30 ގައި ކަމަށް އެމްޕީއެލްގެ އިއުލާނުގައިވެއެވެ.