ފެނަކަ ކޯޕަރޭޝަންގެ ގެއްްލުން 2023 ވަނަ އަހަރުގެ ނިޔަލަށް 1.64 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ފެނަކައިގެ 2023 ވަނަ އަހަރުގެ އޮޑިޓް، އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އިރު، އެ ރިޕޯޓުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު އެ ކުންފުންޏަށް 813،447،455 ރުފިޔާގެ ގެއްލުން ލިބުނެއެވެ.
ރިޕޯޓުން ދައްކާ ގޮތުގައި، 2023 ނިމުނުއިރު، އެ ކުންފުންޏަށް ލިބުނު ޖުމުލަ ގެއްލުން ވަނީ 1.64 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެ އަހަރު، ފެނަކައަށް ލިބިފައިވަނީ 2.25 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
ފެނަކައިން ބޮޑު ގެއްލުމެއްގައި ހިންގާ އިރު، އެ ކުންފުނިން އެންމެ ގިނައިން ފައިސާ ދައްކަން އޮތީ އެސްޓީއޯއަށެވެ.
ފެނަކައިގައި 2023 ވަނަ އަހަރު ނިމުނު އިރު، 7،000 އަށްވުރެ ގިނަ މުވައްޒަފުން ތިއްބެވެ. އެއީ އެސްއޯއީތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުންޏެވެ.
ފެނަކައަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތައް އެންމެ ގިނައިން ހިންގި އެއް ކުންފުނިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ އިރު، އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށް، މިހާރު ވަނީ ދައުވާ ވެސް ކޮށްފައެވެ. އަދި އޭރު ފެނަކައިގެ އިސް އެހެން ބައެއް ވެރީންގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ.
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ޙެއްލުން ކުރި ބަޔަކާމެދު ފިޔަވަޅުއަޅާ ގާނޫނުގި އޮންނަ އެންމެ ހަރުކަށި އަދަބު ދޭންވީ އބޫ އެކޭ ފައްޔާޒެކޭ އަބުދުﷲ ޝާހިދެކޭ ފެނަކަ ސައިދެކޭ ބަލާނެ ކަނެއްނެތް
ޖުހާ - 12 މަސް ކުރިން