ޗައިނާގެ ވެއިހައި ކިއުޒީ ބްލޫސީ ފުޑްސް ކޯ ލިމިޓެޑް އަދި ޖިންގްވޭޑާއޯ ބްރޭންޑް ޓީމުން ރާއްޖޭގައި ބާނާ މަހުން އުފައްދާފައިވާ ފުރަތަމަ ސާމްޕަލް ބެޗްގެ މަސްދަޅުތައް ކާމިޔާބުކަމާއެކު ބަންދުކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބެޗުގައި އުފައްދާފައިވާ ސާމްޕަލްތައް ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް މިހާރު އަރުވާފައިވާ ކަމަށެވެ.
އެއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ އެގްރީމެންޓްގެ ދަށުން އިމްޕޯޓް ޑިއުޓީއާ ނުލައި ދިވެހި މަސްވެރި އުފެއްދުންތައް ޗައިނާއަށް އިމްޕޯޓް ޑިއުޓީ ނުނަގައި އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އާ މާކެޓްތައް ހޯދައި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި މަހުގެ އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތައާރަފުކުރުން ކަމަށެވެ.
މި ކާމިޔާބީއަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދެމެހެއްޓެނިވި މަސްވެރިކަމާއި ސަރަހައްދީ އެއްބާރުލުން އިތުރުވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވެފައިވާ ގޮތުގައި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޓްރެޓެޖިކް ވިޝަންގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ނަތީޖާއެވެ.
އާއިޝަތު މާހާ
ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)
ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)
ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)
ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)