ރާއްޖޭގެ ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އިދާރާތައް އެކުގައި މަސައްކަތްކުރުމާއި، ވަރުގަދަ އަޒުމަކާއެކު ކުރިއަށްދިއުމާއި، އާ ހިޔާލުތަކާއެކު ކުރިއަށް ދިއުން މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އަށް 8 އަހަރު ފުރުމާ ގުޅިގެން މިނިސްޓަރު ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކި ބާވަތުގެ ސްޓާޓްއަޕްތައް ފަށައިގަތުމަށް ޝައުގުވެރިވެފައިވާ، އަދި ވިޔަފާރީގެ ރޫހު އާލާވެފައިވާ ޒުވާން ޖީލެއް އޮތް ގައުމެއްގައި މިހާ ފުރިހަމަ ނިޒާމެއް ގާއިމުކޮށް ދެމެހެއްޓުން މިވަގުތަށް ކޮންމެހެން މުހިންމު ކަމަށެވެ.
"މި މުހިންމު ދުވަހުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ގައުމީ ތަސައްވުރު ހާސިލުކުރުމަށްޓަކައި، އިދާރާތަކުގެ މެދުގައި އިދާރާތައް އެކުގައި މަސައްކަތް ކުރުމާއި، ވަރުގަދަ އަޒުމަކާއެކު މަސައްކަތްކުރުމާއި އާ ހިޔާލުތަކަށް ޖާގަދިނުން މުހިންމުކަމެވެ. މިއީ ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އާ ގޮތްތައް ހޯދުމަށް ހިތްވަރުދީ، އަދި ބީސީސީ ފަދަ މުއައްސަސާތަކަށް ހަމަހަމަ އަދި ދެމެހެއްޓެނިވި އިގުތިސޯދީ ކުރިއެރުމަށް އެހީތެރިވެދިނުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ފުރުސަތެއް." ސައީދުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގައި ސްޓާޓްއަޕް ދާއިރާއަކީ އިސްކަމެއް ދޭން ޖެހޭ ދާއިރާއެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި ވަކީން ހާއްސަކޮށް ކްރިއޭޓިވް އިކޮނޮމީއަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ކަމަށެވެ.
2023ގައި ރައީސް މަގާމާ ހަވާލުވެވަޑައިގަތް ފަހުން، މި ދާއިރާ މައި ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް ވަދެގެން ދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ސައީދު ފާހަގަކުރައްވާފައިވެ އެވެ.
އާއިޝަތު މާހާ
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު