ހަމަލާތައް ހުއްޓާލުމާބެހޭ މަޝްވަރާތައް ހަމާސް އިން ފަށައިފިއެވެ.
ގާޒާގެ ކޮންޓްރޯލް އޮންނަ ހަމާސް އިން ވަނީ އިސްރާއީލާއި އެ ގުރޫޕާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ފަލަސްތީނުގެ އެކި ގުރޫޕްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ހަމާސް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވާ ގޮތުން އެ ގުރޫޕުން ވަނީ ފަލަސްތީނުގެ ފޯސްގެ ލީޑަރުންނާއި އެހެން ފެކްޝަންތަކުގެ ފަރާތްތަކާ އެކު ދިގު މަޝްވަރާތަކެއް ފަށައިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ހަމާސް އިން ލަސް ނުވެ ގޮތެއް ނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަންނަ ހޯމަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާން ނިންމަވައިފައެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ