ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 19 ވަނަ ސީޒަންގައި އޭއައި ރޮބަޓް ޑޯލް "ހަބޫބޫ" ބައިވެރިވާނެ ކަމަށް ރިޕޯޓުކޮށްފިއެވެ.

މި ސީޒަން ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ.

ހަބޫބޫއަކީ ޔޫއޭއީގައި ފަރުމާކޮށްފައިވާ އޭއައި ރޮބަޓް ޑޯލެކެވެ. މި ޑޯލަށް 7 ބަހަކުން ވާހަކަދެއްކޭނެއެވެ. މީގެ ތެރޭގައި ހިންދީ ބަސްވެސް ހިމެނެއެވެ. ކާންހެދުމާއި، ސާފުކުރުމާއި، ލަވަކިޔުން ފަދަ ކަންކަން ކުރެވޭނެ އެވެ. އިހުސާސްތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

ބިގް ބޮސްގެ ކުރީގެ ސީޒަންތަކުގައި ކުއްތާ އަދި ހިމާރު ބައިވެރިކޮށްފައިވެއެވެ. މިފަހަރު އިންސާނަކަށް ނުވާ ބައިވެރިޔެއް ގެންނާން ނިންމާފައިވާކަން ހަބަރުތަކުން ޔަގީންކޮށްދީފައިވެއެވެ.

ހަބޫބޫ މެނޭޖް ކުރަނީ އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ކަލްޗަރަލް މެނޭޖްމަންޓް (އައިއެފްސީއެމް) އިން ކަމަށް ހަބަރުތައް ބުނެއެވެ. މިއީ އަބްދޫ ރޯޒިކް މެނޭޖްކުރި އޭޖެންސީ އެވެ. ބިގް ބޮސް 19 ގައި 17 ބައިވެރިން ތިބޭނެ އެވެ. ހަބޫބޫއަކީ އޮންލައިންގައި މަޝްހޫރުވެފައިވާ ޑޯލެކެވެ.