މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު ވެސް ވަނީ މާލޭގެ ގެއެއްގައި ބަންގުލަދޭޝް މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައެވެ. ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ސަލާމަތްކުރި ނަމަވެސް، އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން މިއަދު ހަވީރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެމީހާ ހުރި ތަން ހޯދައި، މިއަދު އެމީހާ ސަލާމަތްކޮށް، މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ، ފޭދޫ، ސުވާސާގޭ، އިބްރާހިމް ސައީދު (48އ) އެވެ.
ފުލުހުން ބުނީ ރަހީނުގައި ހުރި މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް