ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ އާއިލާއަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ބޭނުންވަނީ ތިން އަހަރުގެ މުއްދަތަކަށް އެ ފަރާތްތަކަށް އިންޝުއަރެންސްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދާށެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެދުމުގެ މަތިން މިދިޔަ މަހު 30ގައި ވެސް ވަނީ އެ ފަރާތްތަކަށް އިންޝުއަރެންސްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެ އިއުލާނު މިހާރުވަނީ ބާތިލުކޮށްފަ އެވެ.
ފިނޭންސުން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. އަދި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ބުނީ ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ:
- މިދިޔަ މަހުގެ 30 އިން މިމަހު 8 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00އަށް
- ފައިސާ ދައްކަން ޖެހޭނީ ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް
- ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ [email protected] އަށް އީމެއިލް ކުރަން ޖެހޭނެ
ފިނޭންސްގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް މިމަހު 1 އިން ފެށިގެން ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
"އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.
ފިނޭންސުން ބުނިގޮތުގައި ބީލަމުގައި ބައިވެރިވާން ރަޖިސްޓަރީވިކަމުގައި ވިޔަސް ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 3 ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަކުރާން ޖެހޭނެ އެވެ. ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ:
- އެކަމަށް ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް - https://beelan.finance.gov.mv މެދުވެރިކޮށް
- އެނޫން ގޮތަކަށް ހުށަހަޅާ ބިޑު ބަލައެއް ނުގަންނާނެ
- މި މަހު 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00:00ގެ ކުރީން ބިޑު ހުށަހަޅަން ޖެހޭނެ.
- ބިޑު ހުޅުވުން އޮންނާނީ އެ ދުވަހު މެންދުރު 1 ޖަހާއިރު
އެ ޕްރޮޖެކްޓުގެ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ތެރޭގައު ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 170,550.00 ރުފިޔާ އެވެ.
އެ ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެކަން ސާފުކުރަން މި މަހު 6 ގެ މެންދުރު 1:00 ގެ ކުރީން [email protected] އީމެއިލް ކުރަންވަނީ އެދިފަ އެވެ.
އާއިޝަތު މާހާ
ފަނޑިޔާރުން
ފަނޑިޔާރުން
ފަނޑިޔާރުން
ސާބަސް! ތިޔައީ ކޮން ތަނަކުން ނެރުނު ހަމަޔަކުން ކޮންބާވަތެއްގެ އިންސާފަކުން ކުރާ ކަމެއްބާ!
އަލީ - 12 މަސް ކުރިން