ގާޒާގެ އެންމެ ބޮޑު ގޭންގު ލީޑަރު، އުމުރުން 35 އަހަރުގެ ޔައްސީރު އަބޫ ޝަބާބު އަމާން ދޭން ހަމާސްއިން އަންގައިފިއެވެ.

ފަލަސްތީނުގެ ގާޒާގެ ކޮންޓްރޯލް އޮންނަ ހަމާސްއިން ހިންގާ ކޯޓުން ވަނީ ގާޒާގެ ދެކުނުގެ ސަރަހައްދުގައި އިސްރާއީލުން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ހިންގާ ގޭންގު ގުރޫޕުގެ ލީޑަރު އަމާން ދޭން 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ގާޒާ އަށް އަންނަ އެހީ ހުއްޓުވާ ކަމުގެ ތުހުމަތުގައި ޝަބާބު ހޯދަން ހަމާސްގެ ރިވޮލިޔުޝަނަރީ ކޯޓުން ވަނީ އިއުލާނު ކޮށްފައެވެ.

ހަމާސް އިން ބުނެފައިވާ ގޮތުގައި އަބޫ ޝަބާބަކީ އިސްރާއީލާ ގުޅިގެން ގާޒާގެ ބިމުގައި ކުށް ކުރުމާއި ހަމަނުޖެހުން ހިންގާ މީހެކެވެ.

ކޯޓުން ވަނީ އަބޫ ޝަބާބު އަމިއްލައަށް އަމާން ނުދީފިނަމަ އޭނާގެ ޣައިރު ހާޒިރުގައި ހުކުމްކުރާނެ ކަމުގެ އިންޒާރުދީފައެވެ.