ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުގެ ފުރަތަމަ ޚިތާނީ ކޭމްޕްގައި ރަޖިސްރީކުރުމަށް ހުޅުވާލައިފިއެވެ.

އެ ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ 3 ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ޓްރީ ޓޮޕުން ވަނީ ހުޅުވާލައިފިއެވެ.

ކޭމްޕްގެ ތަފްސީލު:

  • ޕެކޭޖު އަގު: 5،500 ރުފިޔާ (އަސަންދައަށް ފަހު)
  • ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 2 ޖުލައި 2025 އިން 3 އޯގަސްޓް 2025 ގެ ނިޔަލަށް
  • ޕްރޮސީޖާ ތާރީހުތައް: 20 ޖުލައި 2025 އިން 9 އޯގަސްޓް 2025 އަށް

ހިތާނީ ޕެކޭޖުގައި ހިމެނެނީ:

  • ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
  • ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓުތައް
  • ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
  • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
  • އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓާ ކުރުން
  • ފޮލޯއަޕް ކޮންސަލްޓޭޝަން
  • އޮޕަރޭޝަނަށްފަހު ލުއި ކެއުން
  • ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު
ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައި އާންމުކުރި ޕޯސްޓަރު --

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ކޭމްޕުގައި ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ފަރުވާއަށް ހާއްސަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެއް ކަމަށެވެ.

އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑރ. ހުސައިން ހަދީވް، ޑރ. އުކްތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. އިބްރާހީމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ޑރ. މެހްމެތު އޮޑަރެވެ.

ބުކިން އަދި އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.