ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ށ. އަތޮޅުގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކޭމްޕަށް އެއްބާރުލުންދީފިއެވެ.
ބީވީއައިއެސްއެމް އަކީ ރާއްޖޭގެ ލޯފަން ކުދިންގެ ހައްގުތަކަށް ވަކާލާތުކުރަމުންދާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ރަށު ކައުންސިލުތަކާ ގުޅިގެން ކަނޑިތީމު، މިލަންދޫ، ފުނަދޫ އަދި ކޮމަންޑޫގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތްތަކުގެ މަގުސަދަކީ، ލޯފަން ކުދިން މުޖުތަމައުގައި ޝާމިލުކޮށް، މިކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
ދިރާގުން ބުނީ ބީވީއައިއެސްއެމް އަށް ދިރާގުން ފޯރުކޮށްދެމުންދާ ފޯން މީޓިން ހިދުމަތުގެ އެހީތެރިކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހިދުމަތަކީ ބީވީއައިއެސްއެމް މެންބަރުންގެ މެދުގައި ހިލޭ ކޮންފަރެންސް ކޯލުތައް ކުރެވޭ ގޮތަށް، ބީވީއައިއެސްއެމްގެ ބައްދަލުވުންތައް ބޭއްވުމަށާއި، ޓްރެއިނިން އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދޭ ހާއްސަ ޕްލެޓްފޯމެއް ކަމަށެވެ.
އެއީ، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ގެނެސްދީ، މުޖުތަމައުގައި ޝާމިލުވުން އިތުރުކޮށްދޭ މުހިންމު ވަސީލަތެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. އެގޮތުން، ދިރާގުން ދަނީ އެފަދަ ފަރާތްތައް ބާރުވެރިކުރުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު