ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކުން 30 ޕަސަންޓުގެ ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން މިއަދު އެ ބޭންކުގައި ވެބްސައިޓު މެދުވެރިކޮށް ބުނީ ޑެބިޓް ކާޑުތަކުން 30 ޕަސަންޓުގެ ފީއެއް ނެގި ނަމަވެސް ދިވެހި ރުފިޔާގެ ކްރެޑިޓް ކާޑާއި ޑޮލަރުގެ ކްރެޑިޓް ކާޑުން ކުރާ ވިޔަފާރިތަކުން ފީއެއް ނުނަގާނެ ކަމަށެވެ.
ބީއެމްއެލުން އިއްޔެ އެކްސްގައިކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑެބިޓް ކާޑުތަކުން ރާއްޖޭއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމަށް ކަމަށެވެ.
"އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓުތަކުން (މިވަގުތު، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން އެކަނި) ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނެގޭނެއެވެ." ބީއެމްއެލުން ބުނެފައިވެއެވެ.
އެ ފީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުން އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތައް ނުހިމެނޭ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
"ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ." ބީއެމްއެލުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް