ތ. ވިލުފުށި ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓެއްގައި ރޯވެ، ދެ މީހަކު ފިހިއްޖެއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު "ވަން" އަށް މައުލޫމާތު ދެމުން ބުނީ ރޯވެފައި ވަނީ ލަކުޑިން ހަދާފައިވާ ދެ ތެޔޮ ބޯޓެއްގައި ކަމަށާއި އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގޭ ކަމަށެވެ.
އެ ހާދިސާގައި ބިދޭސީ ދެ މީހަކު ފިހިފައިވާކަމަށްވެސް އޭނާ ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެމްއެންޑީއެފް އަދި ވިލުފުށި ކައުންސިލަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އިތުރު މައުލޫމާތު ލިބޭގޮތްވަނީ ނުވެފައެވެ.
މުހައްމަދު އިޝާން
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ