މެޑިޓެރޭނިއަންކަނޑުގައި ދަތުރުކުރި ތެޔޮ ޓޭންކަރެއްގެ އިންޖީނު ގޮވައިފިއެވެ.
އެތައް މިލިއަން ފީފާއެއްގެ ކުރޫޑޮ އޮއިލް ބަރުކޮށްގެން ދަތުރުކުރި އެ ތެޔޮ ޓޭންކަރުގެ އިންޖީނު ގޮވާފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެ ޓޭންކަރު އެވަގުތު ދަތުރުކުރަމުން ދިޔައީ ލީބިއާ ކައިރިން ކަމަށް އޮފިޝަލުން ބުނެއެވެ.
އެ ހާދިސާ ހިނގާފައިވަނީ ލީބިއާއާ 90 ނޯޓިކަލް މޭލު ބޭރުން ކަމަށާއި މާޝަލް އައިލެންޑަށް ނިސްބަތްވާ އެ ބޯޓުގެ އިންޖީނު ގޮވައި އިންޖީނު ރޫމަށް ލޮނު ވަދެ ބޭނުން ނުކުރެވޭވަރު ވެފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާއިރު އަދި މިހާތަނަށް ތެޔޮ ލީކުވުން ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ އެ ތެޔޮ ޓޭންކަރު އެއްވެސް މިސްރާބެއް ނެތި އޮޔާ ދާން ފަށާފައިވާކަމަށާއި އަންގާރަ ނުވަތަ ބުދަ ދުވަހު އެ ޓޭންކަރު ކަފު ޖަހައިގެން ގްރީސް އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
ބޭރު ކުޅިވަރު
ހުނަރު