ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ބުނެފި އެވެ.
އަންނަ ޖުލައި މަހުގެ 26ގައި އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ވަމުން އަންނައިރު، އެ ޓާމިނަލާ ގުޅޭ ހާއްސަ ޓުއާތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިއްޔެ ވަނީ އެމްސީއޭއޭގެ ޓީމަށް ޓާމިނަލް ދައްކާލައި، މައުލޫމާތު ދީފައެވެ.
އެމްއޭސީއެލް އިން ބުނީ، އާ ޓާމިނަލްގެ ހުރިހާ ކަމެއްވެސް ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައި ކަމަށް އެ ޓުއާގައި އެމްސީއޭއޭގެ ފަރާތުން ބައިވެރިވި އެ އޮތޯރިޓީގެ އެއާ ޓްރާންސްޕޯޓްގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ޖުމުލަކޮށް އާ ޓާމިނަލް ބޭނުންކުރާ ހުރިހާ ފަސިންޖަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް