ގައުމީ އެއާލައިން، މޯލްޑިވިއަނުން ދެކުނު އެފްރިކާއަށް ވައިޑް-ބޮޑީ ދަތުރުތައް ފެށުމުގެ ތައްޔާރީތައް ފަށައިފިއެވެ.
ދެކުނު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ޖެނެރަލް ޕެސެންޖާ ސޭލްސް އޭޖެންޓް (ޖީއެސްއޭ) އެއް ހޯދަން މޯލްޑިވިއަނުން މިހާރު ވަނީ އިއުލާނުކޮށްފައެވެ.
މޯލްޑިވިއަނުން ބުނީ، ދެކުނު އެފްރިކާގައި ޖީއެސްއޭއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިއުލާނާއެކު އެއްކުރެވިފައިވާ އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީއޯއައި) ފޯމު ފުރިހަމަކުރުމަށްފަހު، އެ ކުންފުނީގެ އީމެއިލް އެޑްރެހަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ފޮނުވުމަށް އެދޭ ކަމަށެވެ.
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ-330 ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން ގެނައި ވައިޑް ބޮޑީ މަތިންދާބޯ ނުވަތަ އޭ-330 އަކީ ތިން ކުލާހެއްގެ 264 ގޮނޑި ހުންނަ ބޯޓެކެވެ. އެއީ ބިޒްނަސް ކުލާހުގައި 18 ގޮނޑި، ފްރިމިއަމް އިކޮނޮމީގައި 36 ގޮނޑި އަދި އިކޮނޮމީ ކުލާހުގައި 210 ގޮނޑިއެވެ. އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯވެސް އުފުލޭނެއެވެ.
އެ ބޯޓުގައި މޯލްޑިވިއަނުން މިހާރު އަންނަނީ ޗައިނާގެ ތިން މަންޒިލަކަށް ކަމަށްވާ ބެއިޖިން، ޝަންހާއީ އަދި ޗެންޑޫއަށް ދަތުރުތައް ކުރަމުންނެވެ.
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން