ކ. ހިންމަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ޕްރޮޖެކްޓް ސައިޓުގައި ރިވެޓްމަންޓް ހަރުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

ހިންމަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 12 މާޗް 2023 ގައެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރަން ހަމަޖެހިފައިވަނީ 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 53 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 127 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތެވެ.

ޕްލޭނިން މިނިސްޓްރީން ހިންމަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 10.93 މިިލިއަން ރުފިޔާއަށް 180 ދުވަހުން ނިންމާ ގޮތަށެވެ.