މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގެ ޝެލްޓާ ބައި ބަލަހައްޓަން ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.
"އޮޅުހިޔާ"ގެ ޝެލްޓާ ބައި ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނު މިމަހުގެ 12 ވަނަ ދުވަހަށް ވަނީ މުއްދަތު ހަމަވެފަ އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ ދެ އެންޖީއޯއަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އެ ތަން ހިންގާނެ ބަޔަކު ކަނޑައެޅުމަށްފަހު އެތަނަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ އެވެ.
"އޮޅުހިޔާ" އަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ކުރިން ވަނީ ވިދާޅުވެފަ އެވެ.
"އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތް ލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވިއެވެ.
"އޮޅުހިޔާ" އަކީ މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ހަދައި، އެ ކައުންސިލުން ބަލަހައްޓާ ގޮތަށް ހެދި ތަނެކެވެ. ނަމަވެސް އެތަން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް މިދިޔަ ޑިސެމްބަރު މަހު އެންގުމުން، އެތަން މިހާރު ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ.
އާއިޝަތު މާހާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ