"ދަ ބެޓްމޭން ޕާޓް 2" ގެ ސްކްރިޕްޓް ނިންމާފައިވާ ކަމަށާއި ފިލްމު ނެރެން ހަމަޖެހިފައިވަނީ އޮކްޓޯބަރު 1، 2027 ގައި ކަން އިއުލާނުކޮށްފިއެވެ.

އެކަން އިއުލާނު ކުރީ ޑައިރެކްޓަރު މެޓް ރީވްސް އިންސްޓަގްރާމްގައި ސްކްރިޕްޓުގެ ފޮޓޯއެއް ޝާއިއުކޮށްފައެވެ. އެ ޕޯސްޓުން އެނގޭ ގޮތުގައި ފިލްމުގެ ކޯ-ރައިޓަރަކީ މެޓްސަން ޓޮމްލިން އެވެ.

ރީވްސް ފިލްމުގެ ސްކްރިޕްޓްގެ މާބޮޑު މައުލޫމާތެއް ހިއްސާކޮށްފައި ނުވި ނަމަވެސް ހޮލީވުޑް ހަަބަރުތައް ބުނާ ގޮތުގައި ރޮބަޓް ޕެޓިންސަން މިބައިގައި އަނބުރާ އަންނާނެކަމަށް ވަނީ ބެލެވިފައެވެ.

https://www.instagram.com/p/DLai3GMS-W2/?igsh=aW90NWY2YmxodWdo

މިއީ ޑީސީގެ އެލްސްވަރލްޑްސް ބެނާގެ ދަށުން އުފައްދާ ފިލްމެކެވެ.