ޑޭވިޑް ބެކަމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ފޮޓޯއެއް އަންހެނުން ވިކްޓޯރިއާ ބެކަމް ހިއްސާކޮށްފިއެވެ.
ވިކްޓޯރިއާ އިންސްޓަގްރާމްގައި ޝާއިއުކުރި ފޮޓޯގައި ޑޭވިޑް ހޮސްޕިޓަލު އެނދުގައި އޮއްވައި ފެނެއެވެ. އޭނާގެ ކަނާއަތުގައި ނޫކުލައިގެ ސްލިންގެއް އަޅާފައިވެއެވެ. ކެޕްޝަންގައި ލިޔެފައިވަނީ "އަވަހަށް ރަނގަޅުވޭ ޑެޑީ!" މިހެންނެވެ.
ހަބަރުތައް ބުނާ ގޮތުގައި ޑޭވިޑްގެ އަތުގެ އޮޕަރޭޝަނެއް ކޮށްފައި މިވަނީ 2003 ގައި ސައުތު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗެއްގައި ލިބުނު އަނިޔާއެއްގެ ސަބަބުން އިހުސާސްކުރަމުން އައި ވޭނަކާ ގުޅިގެންނެވެ.
ޚަބަރުތައް ބުނާގޮތުގައި މި އޮޕަރޭޝަން ވަރަށް ކާމިޔާބެވެ.
ޑޭވިޑް އަދި ވިކްޓޯރިއާ ވަނީ މިދިޔަ އަހަރުގެ ޖުލައިގައިގައި ކައިވެނީގެ ރިހިޔޫބިލް ފާހަގަކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް
ޕޮލިސް
އިސްލާމިކް މިނިސްޓްރީ
ހޯމް މިނިސްޓަރު އަލީ އިހްސާން