ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ސްކުއިޑް ގޭމް" ގެ ތިންވަނަ ސީޒަންގެ ފުރަތަމަ 6 މިނެޓް ނެޓްފްލިކްސްއިން ދައްކައިފިއެވެ.
ފުރަތަމަ 6 މިނެޓުގައި ޕްލެޔާ 456 (ގީ-ހުން) ދިރިހުރިކަން ހާމަވެއެވެ. ގީ-ހުން ކަށްވަޅަކުން ތެދުވެއެވެ. އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ތަން ފެނެއެވެ. ގާޑުންގެ ކިބައިން އޭނާ މަރައިލަދޭން އެދެއެވެ. މީގެ އިތުރުން ރަށެއް ހޯދަމުން އަންނަ ސްކުއަޑެއް ފެނެއެވެ.
ޑައިރެކްޓަރު ބުނެފައިވަނީ ފްރަންޓް މޭން ބޭނުންވަނީ ގީ-ހުން ގޭމަށް އަލުން ފޮނުވަން ކަމަށެވެ. ގީ-ހުންގެ ކުށްތަކުގެ އަގު އޭނާއަށް އިހުސާސްކޮށްދޭން ބޭނުންވާ ކަމަށާއި، އިންސާނިއްޔަތުކަމާމެދު އޮތް އުންމީދު ގެއްލުވައިލަން ބޭނުންވާ ކަމަށްވެސް ބުނެއެވެ.
ލީ ޖަންގް-ޖޭ ބުނެފައިވަނީ ކަށްވަޅު ހުޅުވުމުން ގީ-ހުން އަލުން އުފަންވާ ކަމަށެވެ. އަދި އަލުން ގޭމަށް ގޮސް، ގޭމު ކުޅެން ޖެހޭ ކަމަށެވެ.
މިއީ "ސްކުއިޑް ގޭމް" ގެ އެންމެ ފަހުގެ ސީޒަނެވެ. ފުރަތަމަ ސީޒަނަކީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު އެއް ސީރީޒެވެ. 6 ޕްރައިމްޓައިމް އެމީ އެވޯޑް ލިބިފައިވެއެވެ. މި ސީޒަން ޖޫން 27 ގައި ނެޓްފްލިކްސްގައި ރިލީޒްކުރާނެއެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް