ނެޓްފްލިކްސް އިންޑިއާއިން، އާރު މަދަވަން އަދި ފާތިމާ ސަނާ ޝައިޚް ފެނިގެންދާ "އާޕް ޖައިސާ ކޯއީ" ގެ ޓްރެއިލާ ނެރެފިއެވެ. މި ރޮމޭންޓިކް ކޮމެޑީ ފިލްމަށް ސޯޝަލް މީޑިއާގައި ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ފިލްމުގައި މާދަވަންގެ ޝްރީރޭނު އަދި ފާތިމާގެ މަދޫ ބޯސް ކޮފީ ޑޭޓެއްގައި ބައްދަލުވެއެވެ. އެމީހުން ގުޅުން ކުރިއަށް ގެންދިއުމަށް ނިންމައެވެ. ނަމަވެސް ޝްރީރޭނުގެ އާއިލާއިން މަދޫގެ ލައިފްސްޓައިލާމެދު ކަންބޮޑުވުން ފާޅުކުރެއެވެ. ދެމީހުންގެ މެދުގައި ޖެންޑާ ރޯލްސްއާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުން އުފެދެއެވެ.

https://youtu.be/IC_2jSsWpZk

ފޭނުން ވަނީ މާދަވަންގެ ރޮމޭންޓިކް ދައުރަށް ތައުރީފުކޮށްފައެވެ. ފިލްމުގެ ސިނެމެޓޯގްރަފީއަށްވެސް ތައުރީފުކޮށްފައިވެއެވެ. އަދި ބޮލީވުޑްގެ ރޮމޭންޓިކް ކޮމެޑީ ފިލްމުތަކަށް ހުރި ޝައުގުވެރިކަން ފާހަގަކޮށްފައިވެއެވެ.

ފިލްމު ޑައިރެކްޓްކޮށްފައިވަނީ ވިވެކް ސޯނީ އެވެ. ޕްރޮޑިއުސްކޮށްފައިވަނީ ކަރަން ޖޯހަރުގެ ދަރްމަޓިކް އެންޓަޓެއިންމަންޓުންނެވެ.

ފިލްމުގައި އާޔެޝާ ރަޒާ، މަނީޝް ޗައުދަރީ އަދި ނަމިތް ދާސް ފެނިގެންދެއެވެ. ފިލްމު ނެޓްފްލިކްސްގައި ޖުލައި 11 ގައި ރިލީޒްކުރާނެ އެވެ.