އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "އޮޕަރޭޝަން ހަމަމަގު" އިމިގްރޭޝަނުން މިއަދު ފަށައިފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި ހިމެނޭ ރެއިޑެއްކަމަށެވެ.
އެ މުއައްސަސާއިން އިތުރަށް ބުނީ އެ ހަރަކާތް މިއަދުގެ ހެނދުނުން ފެށިގެން މިއަދުގެ އިއުއޮއްސުމާ ހަމަޔަށް ކުރިޔަށްގެންދާނެ ކަމަށާއި ގަވައިދާ ހިލާފަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވައިލުމަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް، މާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ގެންނާނެ ކަމަށެވެ. އަދި އެފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހީންނަށް ނޯޓިސް ހަވާލުކުރާނެ ކަމަށެވެ.
އިމިގްރޭޝަނުގެ ޓާސްކްފޯސްގެ އެ ރެއިޑު އޮޕަރޭޝަންގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ ރިޓަޔާޑް އަހުމަދު ފަސީހު އަދި ޑެޕިއުޓީ ކޮންޓްރޯލާ އަހުމަދު އަޝްފާން ބައިވެރިވެވަޑައިގަންނަވާކަމަށާއި އޭގެ އިތުރުން އިމިގްރޭޝަނުގެ 35 އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންނާއި އަދި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް ބައިވެރިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު