އިންޑިއާގެ މަޝްހޫރު ވެބް ސީރީޒް "ދަ ފެމިލީ މޭން" ގެ އާ ސީޒަންގެ ފުރަތަމަ ޕޯސްޓަރު ނެރެފިއެވެ. ރާޖް އަދި ޑީކޭ އުފައްދާފައިވާ މި ސީރީޒްގައި މަނޯޖް ބާޖްޕާއީ އޭނާގެ މަޝްހޫރު ރޯލު ސްރީކާންތް ތިވާރީގެ ގޮތުގައި އަނެއްކާވެސް ފެނިގެންދާނެއެވެ.

މާސްކް އަޅައިގެން ތިބޭ ބަޔަކު މަނޯޖް ބާޖްޕާއީއާ ދިމާލަށް ބަޑި ދިއްކުރާ މަންޒަރު ޕޯސްޓަރުން ފެނެއެވެ. މިއީ ތްރިލިން ވާހަކައެއް ގެނެސްދޭނެކަމުގެ އުންމީދު އާކޮށްދޭ ޕޯސްޓަރެކެވެ. ސަމަންތާ، ޝަރީބް ހާޝްމީ އަދި ޝްރެޔާ ދަންވަންތްރީ ވަނީ މި އިއުލާނަށް ރިއެކްޓްކޮށްފައެވެ. ސަމަންތާ އިންސްޓަގްރާމްގައި ޕޯސްޓަރު ޝެއާ ކޮށްފައިވެއެވެ.

ސީރީޒްގެ ރިލީޒް ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ޖައިދީޕް އަހްލަވާޓް މައިގަނޑު ވިލަންގެ ރޯލުން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ. މީގެ އިތުރުން ޕްރިޔާ މަނީ، ޝަރީބް ހާޝްމީ، ޝްރެޔާ ދަންވަންތްރީ، އަޝްލޭޝާ ތާކުރު، ވިޕިން ޝަރްމާ، ދަލީޕް ތާހިލް، ސީމާ ބިސްވާސް އަދި ގުލް ޕަނާގް ފެނިގެންދާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.