"ހެޑްސް އޮފް ސްޓޭޓް" ނެގިއިރު އަނިޔާވެ ބުމައިގެ އެއްބައި ދިޔަ ކަމަށް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.
ޕްރިޔަންކާ މިހާރު އިންތިޒާރުކުރަމުން އަންނަނީ އޭނާގެ ހޮލީވުޑް އެކްޝަން ފިލްމު "ހެޑްސް އޮފް ސްޓޭޓް" ނެރޭ ވަގުތަށެވެ. މި ފިލްމުގައި ޕްރިޔަންކާ ފެނިގެންދަނީ އިންޓެލިޖެންސް އޮޕަރޭޓިވްއެއްގެ ރޯލުންނެވެ. އޭނާގެ މަސްއޫލިއްޔަތަކީ ދެ ދައުލަތުގެ އިސްވެރީން، އެމެރިކާގެ ރައީސް (ޖޮން ސީނާ) އަދި ބްރިޓެންގެ ބޮޑުވަޒީރު (އިޑްރިސް އެލްބާ) ރައްކާތެރިކުރުމެވެ.
ފިލްމުގައި ޕްރިޔަންކާ ވަނީ ބޮޑެތި އެކްޝަން މަންޒަރުތަކެއް ކުޅެފައެވެ. ނަމަވެސް އާދައިގެ މަންޒަރެއް ނަގަމުންދަނިކޮށް އޭނާއަށް އަނިޔާ ވެފައިވެއެވެ. މި ވާހަކަ ޕްރިޔަންކާ ދައްކާފައިވަނީ "ދަ ޓުނައިޓް ޝޯ ސްޓާރިންގ ޖިމީ ފެލަން" ގައެވެ.
ޕްރިޔަންކާ ބުނެފައިވަނީ ވާރޭ ވެހޭ ވަގުތު ތަޅުންމަތީ ވެއްޓި އޮންނަ މަންޒަރެއް ނެގުމަށް ކެމެރާ އޭނާއާ ކައިރިވި ވަގުތު ކެމެރާގެ މެޓް ބޮކްސް އޭނާގެ ލޮލާ ކައިރިވެ، އަނިޔާ ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ އެ ދުވަހުގެ ޝޫޓިން ނިންމާލާފައިވަނީ ސާޖިކަލް ގްލޫ ލައިގެން ކަމަށްވެސް ބުނެފައިވެއެވެ.
"ހެޑްސް އޮފް ސްޓޭޓް" އަކީ އިލްޔާ ނައިޝުލަރ ޑައިރެކްޓްކޮށްފައިވާ އެކްޝަން-ކޮމެޑީ ފިލްމެކެވެ. މި ފިލްމުގައި އިޑްރިސް އެލްބާ، ޖޮން ސީނާ އަދި ޕްރިޔަންކާ ޗޯޕްރާގެ އިތުރުން ޕެޑީ ކޮންސިޑައިން، ސްޓީފަން ރޫޓް، ކާލާ ގުގީނޯ، ޖެކް ކުއެއިޑް އަދިިޑް އަދި ސާރާ ނައިލްސް ފަދަ ތަރިން ފެނިގެންދާނެއެވެ. މި ފިލްމު ޕްރައިމް ވީޑިއޯގައި ދައްކަން ފަށާނީ ޖުލައި 2 ގައެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް