ޕްރައިމް ވީޑިއޯއިން ގެނެސްދިން ރިއަލިޓީ ޝޯ “ދަ އެލަޔަންސް” ގެ ފުރަތަމަ ސީޒަންގެ އެއްވަނަ ޓީވީ ހޯސްޓް މިނީ މާތޫރް ކާމިޔާބުކޮށްފިއެވެ.
މި ޝޯ ކާމިޔާބުކުރުމަށްފަހު މިނީ ބުނި ގޮތުގައި، މިއީ ގަބޫލުކުރަންވެސް ދަތި އުފާވެރި އިހުސާސެކެވެ. އަދި މި ދަތުރުގައި ޖަޒުބާތީ ގޮތުންނާއި ސިކުނޑީގެ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
އޮގަސްޓު 6 ވަނަ ދުވަހު ޕްރައިމް ވީޑިއޯއިން ސްޓްރީމްކުރި މި ޝޯގެ ފައިނަލް އެޕިސޯޑުގައި، މިނީއާ އެންމެ ގާތުން ވާދަކޮށް ދެވަނައަށް ދިޔައީ އެކްޓަރު އަލީ ގޯނީއެވެ. އަދި ތިންވަނަ ލިބުނީ ސޯޝަލް މީޑިއާ އިންފްލުއެންސަރު ރޫހީ ދޯސާނީއަށެވެ. ކުނާލް ކޭމޫ ހޯސްޓުކުރި މި ޝޯގެ އެއްވަނައަށް ދިޔަ ފަރާތަށް ޓްރޮފީގެ އިތުރުން 50 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
ބަނިޖޭ އޭޝިއާއިން ޕްރޮޑިއުސްކޮށްފައިވާ މި ޝޯއަކީ ބައިވެރިންގެ މެދުގައި އޮންނަ އިތުބާރާއި، ގުޅުންތަކާއި، އަދި ސްޓްރެޓެޖީ ބޭނުންކޮށްގެން ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޝޯއެކެވެ. ފައިނަލް އެޕިސޯޑުގައި، ޝޯއިން ކަޓާފައިވާ ކުރީގެ ބައިވެރިންވެސް ވަނީ އެނބުރި އައިސްފައެވެ. މި ޝޯގައި ރަވީ ކިޝަން، ކުޝާލް ޓަންޑަން، ޑޭޒީ ޝާހް އަދި ނިތީ ޓޭލަރ ފަދަ ތަރިންވެސް ބައިވެރިވިއެވެ.
ފައިނަލް ޓާސްކުގައި، ރޫހީ ކެޓުމަށްފަހު، އެންމެ ފަހުގެ ޓާސްކުގައި ވާދަކުރީ މިނީ އަދި އަލީއެވެ. ފައިސާގެ އިނާމު ހިމެނޭ ތިޖޫރީ ހުޅުވުމަށް ބޭނުންވާ ކޯޑުތައް އެންމެ ފުރަތަމަ ހޯދައިގެން ޝޯގެ އެއްވަނަ ކަށަވަރުކުރީ މިނީއެވެ.
ޕްރައިމް ވީޑިއޯ
ޕްރައިމް ވީޑިއޯ
ކޮމެންޓް