ސްޓެލްކޯގެ އިންހައުސް ޓްރެއިނާސް ޕޫލް މިއަދު އިފުތިތާހުކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޫލް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އެ ރަސްމިއްޔާތުގައި ޓްރެއިނާސް ޕޫލްގައި ހިމެނޭ މުވައްޒަފުންނަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ވެސް ވަނީ ދީފަ އެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ އިންހައުސް ޓްރެއިނާސް ޕޫލަކީ އެ ކުންފުނީގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓާނަލް ޓްރެއިނިންއާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެ މުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަށް ފަށައިގެން މަސައްކަތެއް ކަމަށެވެ.
އެ މަސައްކަތަށް ސްޓެލްކޯގެ 35 މުވައްޒަފަކު 'ޓްރެއިން ދަ ޓްރެއިނާ'ގެ އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލުކޮށްފައިވާ ކަމަށާއި ޓްރެއިނަރުންނަށްވި މުވައްޒަފުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި އިދާރީ އެކި ދާއިރާތަކާއި ހިއުމަން ރިސޯސްއާއި ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ހާއްސަ މުވައްޒަފުން ހިމެނޭ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ، ޕޫލްގައި މި ވަގުތު 35 މުވައްޒަފުން ހިމެނޭއިރު، ކުރިއަށް އޮތްތަނުގައި ބައިނަލްއަގުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯ ޓްރެއިނާސް ޕޫލް އިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންތަކުގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތް ވެސް ވަނީ ނެރެފަ އެވެ.
މުހައްމަދު ސިމާއު
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ