ދިރާގު ކަސްޓަމަރުންގެ ތެރެއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕުން ރީލޯޑް ކޮށްގެން 15 ޕަސަންޓް ބޯނަސް ލިބޭ އޮފާއެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ބުނީ އެ އޮފާގެ ދަށުން ދިރާގު އެޕް ނުވަތަ ދިރާގު ވެބްސައިޓު މެދުވެރިކޮށް 100، 200 އަދި 500 ރުފިޔާ ރީލޯޑްކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް މުޅިން ހިލޭ ލިބޭނެ ކަމަށެވެ.

  • 100 ރުފިޔާ ރީލޯޑްކޮށްގެން 10 ޕަސަންޓް ބޯނަސް ކްރެޑިޓާއެކު ޖުމުލަ 100 ރުފިޔާ
  • 200 ރުފިޔާ ރީލޯޑްކޮށްގެން 13 ޕަސަންޓް ބޯނަސް ކްރެޑިޓާއެކު ޖުމުލަ 225 ރުފިޔާ
  • 500 ރުފިޔާ ރީލޯޑްކޮށްގެން 15 ޕަސަންޓް ބޯނަސް ކްރެޑިޓާއެކު ޖުމުލަ 575 ރުފިޔާ

އެ އޮފާތަކަކީ ޓައިމް ލިމިޓެޑް އޮފާތަކެއް ދިރާގުން ބުންޏެވެ.

"މި ލިމިޓެޑް ޓައިމް އޮފާއަކީ ޗެޓްކުރުމަށް، ބްރައުސްކުރުމަށް ނުވަތަ ސްޓްރީމްކުރުން ފަދަ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ވަރަށް އަގުހުރި އޮފާއެކެވެ. އަދި މިއީ ކޮންމެ ތަނެއްގައި، ކޮންމެ ވަގުތެއްގައިވެސް ޑިޖިޓަލީ އެކްޓިވޭޓް ކުރެވޭނެ އޮފާއެކެވެ..،" ދިރާގުން ބުންޏެވެ.

ދިރާގަކީ ރާއްޖޭގައި ވަރަށް ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭ ކުންފުންޏެކެވެ.