ދުނިޔޭގެ ސުލްހަ އާއި ތަރައްގީގެ ޑްރައިވަރުންގެ ގޮތުގައި ފާހަގަކުރެވޭ މުސްތަގުބަލެއް ބިނާކުރުމުގައި އަންހެނުން އިސްވެ މަސައްކަތްކުރުމަށް ރާއްޖެއިން ގަދައަޅައި މަސައްކަތްކުރަމުން ގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ "ޑިޕްލޮމަސީގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހު"ގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވިގޮތުގައި މިއަދުގެ މުނާސަބަތުގައި، ބޭރު ސިޔާސަތު އެކުލަވައިލުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރަން ޖެހޭ ކަމަށެވެ.
"މި ދުވަސް ފާހަގަކުރުމަށް އދ ގެ މެންބަރު ގައުމުތަކުގެ ތެރެއިން އިސްނަގައިގެން މަސައްކަތްކުރި ގައުމެއްގެ ހައިސިއްޔަތުން، ރާއްޖެއިން މި ދުވަސް ފާހަގަކުރަނީ ވަރަށް ބޮޑު ފަހުރުވެރިކަމާއެކުގައެވެ." ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން އެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭން، އަންހެނުންނާއި އަންހެން ކުދީން ތަމްސީލުކޮށް، އެމީހުންނަށް އިހުތިރާމު ކުރާނެ ކަމަށާއި، އެމީހުންގެ އަޑުއަހައި، ދުނިޔޭގެ ސުލްހައާއި ތަރައްގީގެ ޑްރައިވަރުންގެ ގޮތުގައި ފާހަގަކުރެވޭ މުސްތަގުބަލެއް ބިނާކުރުމުގައި އަންހެނުން އިސްވެ މަސައްކަތްކުރުމަށް ރާއްޖެއިން ގަދައަޅައި މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު