ޕަބްލިކް ސާވެންޓުންނަކީ، ހެޔޮވެރިކަމެއްގެ ތަނބު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ އދ. ގެ ޕަބްލިކް ސާވެންޓުންގެ ދުވަހާ ގުޅިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ކުރިއެރުވުމުގައި ދައުލަތުގެ މުވައްޒަފުން ފޯރުކޮށްދޭ މުހިންމު ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ބައިވެރިވާ ކަމަށެވެ،
ރައީސް ވިދާޅުވީ، ސަރުކާރު މުވައްޒަފުންނަކީ ހެޔޮވެރިކަމުގެ ތަނބުތައް ކަމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބަޔަކީ ސަރުކާރު މުވައްޒަފުން ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ޕަބްލިކް ސާވެންޓުންނާއި މުއައްސަސާތަކުން ރާއްޖޭގެ ކުރިއެރުމަށް ކުރަމުން އަންނަ މަސަައްކަތްތަަކަށްޓަކައި ޝުކުރު އަދާކުރައްވައިފައެެވެ.
އަލީ ޔާމިން
އެމްޓީސީސީ
ހާރިޖީ ގުޅުން
ބޭރު ކުޅިވަރު
އެކަމަކު ސަރުކާރުގައި އެބަތިބި ވަރަށް ގުޑަމުސާރަ ލިބޭ މުވައްޒަފުން! ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އެޑްމިނިސްޓްރޭޓިވް އޮފިސަރުން މިހާރު އުޅެމުން ދަނީ ވަރަށް ދަތި ކޮށް! އެލަމަކު މި މަންޒަރު ދެކޭނެ ވެރިޔެއް ނެތް!
ނަސީމް - 1 އަހަރު ކުރިން