އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ ބައެއް ހިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އައިޖީއެމްއެޗުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.

އިއުލާނުގައިވާގޮތުން، އައިޖީއެމްއެޗުގެ 11ވަނަ ފަންގިފިލާގެ އިމާރާތް (ހިޔަލަވިންގު) ގެ ފަންގިފިލާތަކުގައި ކުރަން ޖެހޭ ބައެއް މަސައްކަތްތައް ކުރުމަށް، އެ ފަންގިފިލާތަކުން ދެމުން ގެންދިޔަ ހިދުމަތްތަކަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެންނާނެެ އެވެ.

އެ މަސައްކަތް ނިމެންދެން ހިޔަލަ ވިންގުގެ 3، 4، 5، 6 އަދި 9 ވަނަ ފަންގިފިލައިން ދެމުން ގެންދިޔަ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ ފަންގިފިލާތަކަށް ވަނީ ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.