އަޖޭ ދޭވްގަންގެ މަޝްހޫރު "ދްރިޝްޔަމް" ފްރެންޗައިޒްގެ ތިންވަނަ ބައި "ދްރިޝްޔަމް 3" ގެ ޝޫޓިން މިއަހަރުގެ އޮކްޓޯބަރު 2 ގައި ފަށަން ހަމަޖެހިފައިވާކަމަށް ބޮލީވުޑް ހަބަރުތައް ބުނެފިއެވެ.
ފިލްމުގެ ޝޫޓިން ކުރިއަށްދާނީ 3 މަސްދުވަހުގެ މުއްދަތަށް މަހާރާޝްޓްރާގެ އަސްލު ތަންތަނާއި ސްޓޫޑިއޯ ސެޓްގައެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގައެވެ. ފިލްމު ޑައިރެކްޓްކުރާނީ އަބީޝެކް ޕަތަކެވެ. އަދި ޕްރޮޑިއުސްކުރާނީ ކުމާރު މަންގަތް އަދި އަބީޝެކް ޕަތަކެވެ.
މި ފިލްމަކީ ވިޖޭ ސަލްގާއޮންކަރުގެ ވާހަކަ ނިންމާލާ ފިލްމު ކަމަށް ވާތީ "ދްރިޝްޔަމް" ފްރެންޗައިޒްގެ ހުރިހާ ތަރީންވެސް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމުގެ ސްކްރިޕްޓް ވަނީ ނިމިފައި ކަމަށާއި މިހާރު ކުރިޔަށް ދަނީ ޑައިލޮގްގެ މަސައްކަތް ކަމަށްވެސް ހަބަރުތައް ބުނެއެވެ.
"ދްރިޝްޔަމް 3" ގެ ކުރިން އަޖޭ "ޓޯޓަލް ދަމާލް" އަދި "ރޭންޖަރ" ގެ ޝޫޓިންގ ނިންމާނެ އެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި "ގޯލްމާލް ފައިވް" އަދި "ޝައިތާން 2" ގެ ޝޫޓިން ފަށަން ހަމަޖެހިފައިވެއެވެ.
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން