އަލަށް ޕައިލެޓުކަން ކިޔަވައިގެން އަންނަ މީހުން ނުވަތަ ކެޑޭޓު ޕައިލެޓުން ރާއްޖެއަށް އިތުރަށް ބޭނުންނުވާ ކަމަށާއި މި ސަރުކާރުން ދެން ޕައިލެޓުކަން ކިޔެވުމަށް ސްޓޫޑެންޓް ލޯން ދޫނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ވަޒީފާ އުފެދޭ މިންވަރަށްވުރެ އެތައް ގުނައެއް ގިނައިން ޕައިލެޓުކަން ކިޔަވަމުންދާ ކަމަށާއި އެކަން ހައްލުކުރަން ދިވެހި ރައްޔިތަކަށް މެނުވީ ކެޑޭޓު ޕައިލެޓުކަން ނުދޭން އެއާލައިންތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
"މިހާރު ވިސްނާ ވަޑައިގަންނަވާ އަޅުގަނޑު މި ދެންނެވި 500 އަށްވުރެ ގިނަ ކުދިންނަށް ސްކޮލަޝިޕް ދީގެން އެ ކުދިން ނިމިގެން އަންނައިރު އަހަރެއްގެ ތެރޭގަ 24 އަކަށް ކުދިންނަށް ނޫނީ 25 އަކަށް ކުދިންނަށް ވަޒީފާ ދެވޭ ކަމަށް ވަނީނަމަ ދެން މި އަންނަ ނުވަތަ އައިސްފަ ތިބި ކުދިންނަށް ވާނެ ގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ވަގުތު ރާއްޖެއަށް ކެޑޭޓް ޕައިލެޓުން އިތުރުކުރަން ބޭނުން ނުވާ ކަމަށެވެ.
"މިހާރަކު އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ސަރުކާރުގަ ޕައިލެޓް ޓްރެއިނިން އަކަށް އިތުރަކަށް ފުރުސަތު، މި ވަގުތަކަށް ހުޅުވާލާނެއޭ. އެއީ އަޅުގަނޑު ދެކޭގޮތުގަ މި ގައުމަކަށް ބޭނުމެއް ނޫން މިވަގުތު ކެޑޭޓް ޕައިލެޓުން އިތުރަކަށް ޓްރެއިން ކުރާކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، މިހާރު ޕައިލެޓްކަން ކިޔަވާ ދަރުވަރުންނަށް އެހެން ދާއިރާއަކަށް ބަދަލުކުރަން ފުރުސަތު އޮންނާނެ ކަމަށާއި އެ ގޮތް ބޭނުން ނުވާ ކުދިންނަށްވެސް އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށެވެ.
އަމީން ވިދާޅުވީ މިހާރު އޮންނަ މިންގަނޑަށް ވުރެ އިތުރަށް ވަޒީފާ ދޭން އެއާލައިން އޮޕަރޭޓަރުންނަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ.
ޕައިލެޓްކަން ކިޔަވައިގެން އައިސް ގިނަ ބަޔަކު ވަޒީފާ ނުލިބި ރާއްޖޭގައި އެބައުޅެއެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން