ޗައިނާގެ ސޫޗައު ޔުނިވާސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލަކާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗް އިން އެކްސްގައި ބުނި ގޮތުގައި މި އެމްއޯޔޫއަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތް ރަނގަޅުކުރަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަންވެސް އެ އެމްއޯޔޫގައި ހިމެނޭ ކަމަށްވެސް ބުންޏެވެ.

އައިޖީއެމްއެޗް އިން ބުނީ، އެ އެމްއޯޔޫގެ ދަށުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާ އިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ދިވެހި ކުދިންގެ ސިއްހީ ހާލަތު އިތުރަށް ރަނގަޅުކޮށް، ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށްވެސް ބުންޏެވެ.