އިޒްރޭލުން ދަނީ މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަށް ގެއްލުން ދެމުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ، ދުނިޔޭގައި އަނިޔާވެރިކަމާއި ބިރުވެރިކަން ފެތުރިފައިވާ ކަމަށާއި ދުނިޔެ ހަލަބޮލިވެފައިވާ ކަމަށެވެ. އެގޮތުން އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ފަލަސްތީނުގެ 50،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
"ގެދޮރާއި މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި ވިޔަފާރިތައް، ހުރިހާ ތަނެއްވެސް އޮތީ ހަލާކުކޮށްލާފައި. އަޅުގަނޑުމެންނަށް އަދިވެސް ފެންނަމުން މިދަނީ، އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި އާންމުންނާއި އިންސާނީ ހިދުމަތްތެރިންނާއި ނޫސްވެރިންނަށް ހަމަލާތައް އަމާޒުކުރާ މަންޒަރު. އަދި ޔޫއެންއާރުޑަބްލިއުއޭ އުވާލުމަށް ކުރަމުންދާ މަސައްކަތްތައް،" މިނިސްޓަރު ވިދާޅުވިއެވެ.
އިޒްރޭލުން އީރާނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ހަލީލު ވިދާޅުވީ، އެންމެންގެ ލޮލުގެ ކުރިމަތީގައި ހިނގަމުންދާ ބޭއިންސާފުތައް ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގައި ރާއްޖެއިން ސާބިތު ކަމާއެކުގައި އޮންނާނެ ކަމަށެވެ.
އަލީ ޔާމިން
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް