އިސްރާއީލުން އިރާގުގެ ވައިގެ ސަރަހައްދު ގަވައިދާ ހިލާފަށް ބޭނުންކޮށްފި ކަމަށް ތުހުމަތު ކޮށްފި އެވެ.
އިސްރާއީލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމަމަތީ ވައިގެ އުޅަނދުތައް އިރާގުގެ ވައިގެ ސަރަހައްދު ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވީ އދ ގައި ހުންނަ އިރާނުގެ މަންދޫބު އައްބާސް ކަދޯމް އުބައިދު އެވެ.
އދ. ގެ ސެކިއުރިޓީ ކައުންސިލްގައި އައްބާސް އިއްޔެ ވިދާޅުވެފައި ވަނީ އިސްރާއީލުގެ ހަނގުރާމަމަތީ ވައިގެ އުޅަނދުތައް އިރާގުގެ ވައިގެ ސަރަހައްދަށް ވަދެފައި ވަނީ ސީރިއާ އާއި ޖޯޑަން ގުޅޭ ބޯޑަރު ސަރަހައްދުން ކަމަށެވެ.
އައްބާސް ވިދާޅުވީ އިސްރާއީލުގެ ހަނގުރާމަމަތީ ވައިގެ އުޅަނދުތަކުގެ ތެރެއިން 20 އުޅަނދެއް އިތުރު 30 ވައިގެ އުޅަނދު ފަހަތުން ދަތުރުކޮށްފައިވާ ކަމަށާއި އެ އުޅަނދުތައް ވަނީ އިރާގުގެ ބަސްރާ އާއި ނަޖަފްގެ އިތުރުން ކަރްބާލާ ސިޓީގެ މަތީން ދަތުރުކޮށްފައިކަމަށެވެ.
އިސްރާއީލުގެ ވައިގެ އުޅަނދުތައް އިރާގުގެ މަތިން ދަތުރުކުރުމަކީ ބައިނަލްއަގުވާމީ ގަވާއިދާއި އދގެ ޗާޓަރާއި ހިލާފު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެގައުމަށް ނުރައްކާ ވެފައިވާކަމަށް އައްބާސް ބުނެފައިވެއެވެ.
އިރާނާއި އިސްރާއީލުގެ ހަނގުރާމަފެށުމާއެކު މެދުއިރުމަތީގެ ހަލަބޮލިކަން އިތުރުވެ މެދުއިރުމަތި އިތުރު ބޮޑު ހަނގުރާމައަކާއި ދިމާލަށް ދަތުރުކުރާ މަންޒަރު ފެންނަމުން އަންނަ ކަމަށް މަޝްރަހު ދިރާސާ ކުރާފަރާތްތަކުން ބުނަމުންދެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު