ހޮލީވުޑުގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް އަދި ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން މި އަހަރުގެ އޮނަރަރީ އޮސްކާ އެވޯޑަށް ހޮވިއްޖެއެވެ. މިއީ އެމީހުންގެ ކެރިއަރުގައި ކޮށްފައިވާ މަސައްކަތްތަކަށް ދެވޭ އޮނަރަރީ އެވޯޑެކެވެ.
އެކްޓަރު އަދި ކޮރިއޯގްރާފަރު ޑެބީ އެލެން އަދި ޕްރޮޑަކްޝަން ޑިޒައިނަރު ވިން ތޯމަސްވެސް މި އެވޯޑަށް ހޮވިފައިވެއެވެ. މި އެވޯޑުތައް ދޭނީ ނޮވެމްބަރު މަހު ބާއްވާ ގަވަރނަރސް އެވޯޑްސް ގާލާގައެވެ.
ޓޮމް ކްރޫޒް ހޮވިފައިވަނީ އޭނާގެ ދިގު ކެރިއަރުގައި ކޮށްފައިވާ މަސައްކަތްތަކަށެވެ. ޓޮމް ކްރޫޒް ވަނީ "ރިސްކީ ބިޒްނަސް"، "ޓޮޕް ގަން" އަދި އެހެނިހެން ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތީން އެންމެ މޮޅު އެކްޓަރުގެ އޮސްކާއަށް ނޮމިނޭޓް ވެފައެވެ.
ޑޮލީ ޕާޓަން ހޮވިފައިވަނީ ޖީން ހަރޝޯލްޓް ހިއުމެނިޓޭރިއަން އެވޯޑަށެވެ. ޑޮލީ ޕާޓަންގެ އިމެޖިނޭޝަން ލައިބްރަރީ ވަނީ 30 އަހަރުގެ ތެރޭގައި 284 މިލިއަނަށްވުރެ ގިނަ ފޮތް ކުޑަކުދީންނަށް ހިލޭ ދީފައެވެ. އޭނާ ވަނީ ދެފަހަރެއްގެ މަތީން އެންމެ މޮޅު ލަވައިގެ އޮސްކާއަށް ނޮމިނޭޓްވެފައެވެ.
އޮސްކާ އެވޯރޑްސް
އޮސްކާ އެވޯރޑްސް
އޮސްކާ އެވޯރޑްސް
އޮސްކާ އެވޯރޑްސް