ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް 2022 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށްދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާނާއި އައްޝައިހް ށ. މިލަންދޫ، ނާޒް، ފަޒްލޫން މުހައްމަދު އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލްގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 18 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އެއީ؛
- މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
- ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބުދުﷲ ރިފާއު
- ނ. މިލަންދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
- ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
- ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހު
- މ. ކުދެހިގެ، ހަސަން ޝިފާޒު
- ފ. ދަނބުރުދޫ، އާބާދީހުލްޝަން، ޝަބީމް އާދަމް
- ހއ. ހޯރަފުށީ، ޔާގޫތުގެ، މުހައްމަދު އިސްމާއީލް
- ގ. ފީނިކްސް، އަބުދުﷲ ނިޔާޒު
- ތ. ތިމަރަފުށި، އަލީ އާބާދު، އަލީ މުހައްމަދު
- ނ. ވެލިދޫ، މިލާނޯ، އިބްރާހިމް ޒިހާނު
- ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން
- ހދ. ކުޅުދުއްފުށި، ބާބޫގެ، ހުސެއިން އަލީ
- މ. ފަޅުމަތީގެ، އަހުމަދު އަލީ
- ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
- ގ. އުފުރިޔާ، މުހައްމަދު ފައިސަލް
- މ. އޯކިޑް ހައުސް، މުހައްމަދު ފައިސަލް
ޕީޖީ އޮފީހުން މިއަދު ބުނީ ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދައުވާތައް މުރާޖާކޮށްދިނުމަށް އެދި ދައުވާ ލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ދުވަހު ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ސީދާ ގޮތުން ބައިވެރިވި ކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ނުގެންދިއުމަށާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ހުރިހާ ދައުވާއެއް އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް ވިދާޅުވީ މި މައްސަލައިގައި ކުރިއަށްގެންދަން ނިންމާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ހަތް މީހުންގެ މައްސަލަ ކަމަށެވެ. އެ ހަތް މީހުންނަކީ؛
- އަބްދުﷲ ރިފާއު
- އަބޫބަކުރު ފާރިއު
- އަހުމަދު އަކްސަމް
- އަހުމަދު ނަސޫހް
- ހަސަން ޝިފާޒު
- ޝަބިމް އާދަމް
- މުހައްމަދު ޒިލިއަން
އަލީ އަފާފު ރަމީޒު
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް