ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު އާއި ފައްޔާޒު އަދި ޑިމޮކްރެޓްސްގެ މެންބަރުން މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ ގ. ބޮޑުފެންވަޅުގޭގަ އެވެ. ރޭގެ ވަގުތެއްގައިވެސް ފައްޔާޒުއާއެކު ނަޝީދު ބައްދަލުކުރެއްވި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޝީދާއި ޑިމޮކްރެޓުންގެ މެންބަރުން ދެއްވި މެންދުރު ކެއުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒު ވިދާޅުވެފައިވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރެއްވީ މި މަހުގެ ކުރީކޮޅެވެ. އަދި އެ މަނިކުފާނު ވަނީ އެކަމާ ދޭތެރޭ އެމްޑީޕީގެ އިސް މެންބަރުންގެ ހިޔާލަށް އެދިވަޑައިގެންފަ އެވެ.
މުހައްމަދު ސިމާއު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު