ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓް ސްކީމަކީ، މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ޕިރަމިޑް ސްކީމެކެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދައްކާ ސްކީމެކެވެ. އެ ސްކީމަށް ދިވެހީންގެ ތެރެއިން 41000-47000 އާ ދެމެދުގެ އަދަދެއްގެ ދިވެހިން ފައިސާ ޖަމާކުރަމުންދާކަން ޖެމްކިއުގެ ރަސްމީ ޓެލެގްރާމް ގްރޫޕުން ސާފުވެއެވެ.
ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ ގޮތުން ޖެމްކިއު ފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަން ވާނީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށް ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ޖެމްކިއުއަކީ އެފަދަ ހުއްދައަކާ ނުލައި ހިންގަމުންދާ ޕިރަމިޑް ސްކީމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުން، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީ ނުވަތަ ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފައެވެ. މިސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެކެވެ،" ބަޔާނުގައި ބުނެފައިވެއެވެ،
އެ ބަޔާނުގައި ވަނީ، އެ ފަދަ ސްކީމްތައް ހިންގައި ޕްރޮމޯޓުކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައެވެ. އަދި އެ ފަދަ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖެމްކިއު ސްކީމްގެ ރާއްޖޭގެ އިސް ފަރާތަކީ، ނ. މިލަދޫ މީހެކެވެ. މިލަދޫ ކައުންސިލުންވެސް އެކަން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.
މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި، މިލަދޫގެ 90 ޕަސަންޓު މީހުން ވަނީ ޖެމްކިއު އަށް އިންވެސްޓްކޮށްފައެވެ. އަދި ޖެމްކިއު އިން ސްޕޮންސާކޮށްގެން އެ ރަށުގައި އެކިއެކި ހަރަކާތްތައް ބާއްވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން "ޖީއެމްސީއީ"ގެ ވިޔަފާރި ނަން ރަޖިސްޓަރީކޮށްފައިވަނީ މިލަދޫ މީހެއް ކަމަށްވާ، އިބްރާހިމް އިރުޝާދުގެ ނަންމަތީގައެވެ. އެ ނަން ރަޖިސްޓަރީކޮށްފައިވަނީ 12 އޮގަސްޓު 2020 ގައި ސޯލް ޕްރިޕޮރައިޓާޝިޕެއް ކަމުގައިވާ "ސަން ބްރަދާ" ގެ ދަށުންނެވެ. ޖެމްކިއުގެ ނަން ރަޖިސްޓަރީކުރީ މި އަހަރުގެ ތެރޭގައެވެ. އެ ސޯލް ޕްރިޕޮރައިޓާޝިޕުގެ ދަށުން އިތުރު ނުވަ ވިޔަފާރި ނަމެއްވެސް ރަޖިސްޓަރީކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ ނަންތައް ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މި ނަންތަކުގެ ތެރެއިން، "ޖީއެމްސީއީ" އަދި "ޖެމްކިއު" ގެ ވިޔަފާރި ނަން އިބްރާހީމް އިރުޝާދު ރަޖިސްޓްރީކޮށްފައި ވަނީ މި ޕިރަމިޑް ސްކީމް ހިންގަންކަން ކަށަވަރެއް ނުވެއެވެ. މި އާޓިކަލް ޝާއިއުކުރިފަހުން، މީހަކު މި ނޫހަށް ގުޅައި، އެއީ އިބްރާހީމް އިރުޝާދު ކަމަށާއި، އޭނާގެ ވިޔަފާރި ނަންތަކާ މި ޕިރަމިޑް ސްކީމާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައިވެއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިލަދޫގައި މި އަހަރުގެ ބޮޑު އީދުގައި ހަވާ އެރުވުމަށްވެސް "ސަން ބްރަދާ" އިން ވަނީ 7،000 ޑޮލަރު ( 107،940) ރުފިޔާ ދީފައެވެ. އީދު ތެރޭގައި ބޭއްވި ބައެއް ހަރަކާތްތަކުގެ އިޝްތިހާރުވެސް ސޯޝިއަލް މީޑިއާގައި ކޮށްފައިވެއެވެ. އެއިން އެއް އިޝްތިހާރުގައި ފުލުހުންނާއި ފެނަކައާއި މިލަދޫ ސްކޫލުގެ ލޯގޯވެސް ހިމަނައިފައިވެއެވެ. އަދި އެ ހަރަކާތުގައި އެއިން ބައެއް ފަރާތްތަކުގެ ސްޓޯލްވެސް ހުރިކަމަށް އެނގިފައިވެއެވެ. މި އިޝްތިހާރުގައިވާ ގޮތުން އެ ހަރަކާތުގެ މައި ސްޕޮންސަރަކީ ޖީއެމްސީއީ އެވެ. ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ "ޖީއެމްސީއީ ނަލަ ފެސްޓިވަލް 2025" ގެ ނަމުގައެވެ.
ޖެމްކިއު ސްކީމަށް ބޮޑެތި އަދަދުތަކުން ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މުވައްޒަފުން ވެސް އިންވެސްޓު ކުރާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އެއިން ބައެއް މީހުނަށް ދުވާލަކަށް އެތައް ހާސް ޑޮލަރެއް ފައިދާގެ ގޮތުގައި ލިބޭކަމަށްވެއެވެ. ލިބުނު ފައިސާއިން އެކިކަހަލަ އިންވެސްޓްމެންޓް ކޮށްފައިވާ މީހުންވެސް އެބަތިބި ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރޭގައި އެޕާޓްމެންޓުތައް ގަތުން ފަދަ ބޮޑެތި އިންވެސްޓްމެންޓް ހިމެނެއެވެ.
ޖެމްކިއު ފަދަ އެތައް ޕިރަމިޑް ސްކީމެއް މީގެ ކުރީންވެސް ރާއްޖޭގައި ހިންގިއެވެ. އެ ސްކީމުތަކުން އެތައް ބަޔަކަށް ވަނީ ލަނޑު ލިބިފައެވެ. ދީނީ ގޮތުން ބެލިޔަސް ޖެމްކިއު ފަދަ ސްކީމްތަކަށް އިންވެސްޓްކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރީން ގެންދަވަނީ ވިދާޅުވަމުންނެވެ.
ހއ. ކެލާ
ބޭރު ކުޅިވަރު
ހޮރްމުޒް ކަނޑުއޮޅި
ސަރުކާރުން ކުރާ ވައްކަންތައް ފުރަތަމަބަލާ ވަޒީފާގަ އުޅޭމީހާގެ މުސާރައިން ކަނޑާ 7%ރުފިޔާ އެއީ ކޮންތާކަން ވަންނަ އެއްޗެއް ރައްޔިތު މީހާކުރެން ހޭވެސް އަހާ ނުލާ އެމީހާގެ މުސާރައިން އެ ކަނޑައިލަނީ ކޮންއެއްޗެއް ސަރުކާރަކަށް ނޯންނާނެ ރައްޔިތު މީހާގެ ހައްގައް އަރައިގަންގޮތަށް އިސްލާމް ދީނުގަ ހުކުމްތައް އައިސްފަކަ.ކޮން ދީނީ އިލްމު ވެރިންނެއްތަ އެއީ ސިޔާސީ ރަންޑިން .
ދޮޅަހަގި - 1 އަހަރު ކުރިން
ހާސް ކަނޑާލާ އެތައް ބަޔަކަށް ދޯކާ ދިންގޮތަށް އަދިވެސް ދޯކާ ދޭނަން. އަހަރެން މުއްސަނދިވީ ތަފާތު މަސައްކަތް ކޮށްގެން. ކަލޭމެން މޮޔަނުވޭ. ލާރި ގޮސްގެން ލާރި ލިބޭނީ. ކާކުތަ ހަރާން ހަލާލު ބަލަނީ. މިހާރު މަޖްލިސްެމްބަރުންނަށްވެަްސް ލުއި ވެއްޖެ. މިހާރު ބަހަނީ ޖެމް ލާރި. ލޮލް
ސަންބްރޯ - 1 އަހަރު ކުރިން
ސްކޭމް ކޮއްގެން ތޯ ސްޕޮންސަރ ތައް ކޮއްފަ ހުރީ، ނޫނީ ފައިދާ އިން ތޯ؟ ކިތައް މީހުން ގެ ފައިސާ ތޯ ސްކޭމް އެއް ކަމައް ބުނާނަމަ ގެއްލުނީ؟ ފައިސާ އިންވެސްޓް ކޮއްގެން ފައިދާ ނެގޭތޯ ސްކޭމް ތަކުގަ؟
Nafiz - 1 އަހަރު ކުރިން
މި ހަބަރުގައި އަޅުގަނޑާއި އަޅުގަނޑުގެ ވިޔަފާރި ބަދުނާމުކޮށްފައިވާ މައްސަލައިގައި ދައުވާކުރާނެކަމުގައި އަނގާ އިއުލާނުކުރަމެވެ!
އިބުރާހިީމް އިރުޝާދު - 1 އަހަރު ކުރިން