އީރާނުން ރޭ ފަތިހު އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.
ދަ ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވާ ގޮތުން އެ ހަތަރު މީހުންނަކީވެސް އިޒްރޭލުގެ މެދުތެރެއަށް އީރާނުން ދިން ހަމަލާތަކުގައި މަރުވި މީހުންނެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 70ގެ އަހަރުތަކުގެ ތިން މީހަކާއި އިމާރާތެއްގެ ދަށުން ނެރުނު 80ގެ އަހަރުތަކުގެ އެކެކެވެ.
މި ހަތަރު މީހުންނާއެކު އީރާނާއި އިޒްރޭލާ ދެމެދު މިދިޔަ ބުރާސްފަތި ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް 20 މީހަކު ވަނީ މަރުވެފަ އެވެ.
ދަ މަގެން ޑޭވިޑް އެޑޮމް އިމަޖެންސީ ސާވިސްއާ ހަވާލާދީ ދަ ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވާ ގޮތުން ރޭ ފަތިހު ދިން ހަމަލާތަކުގައި 87 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މުހައްމަދު ސިމާއު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު