އެހީގެ ތަކެތި ހޯދަން ތިބި ފަލަސްތީނުގެ 59 މީހަކު މަރާލައިފިއެވެ.
އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ވަނީ ގާޒާގެ އެކި ސަރަހައްދުތަކުގައި އެހީގެ ތަކެތި ހޯދަން އެއްވާ މީހުންނަށް އަމާޒުކޮށް މީގެ ކުރީންވެސް އެތައް ހަމަލާތަކެއް ދީފައެވެ.
ރިޕޯޓުތައް ބުނާގޮތުން އިއްޔެ މަރާލާފައިވާ މީހުންގެ ތެރެއިން 17 މީހުންނަކީ އެހީގެ ސައިޓުތަކުން ކާބޯތަކެތި ހޯދަން މަސައްކަތް ކުރަނިކޮށް މަރާލި މީހުންނެވެ.
އިސްރާއީލުން ވަނީ ގާޒާއަށް ބޭރުގެ އެހީ އެތެރެވުން ހުއްޓުވުމަށްފަހު އެމެރިކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކޮންޓްރޯލެއްގެ ދަށުން އެހީގެ ތަކެތި ގާޒާގެ އާންމުންނަށް ފޯރުކޮށްދޭން ފަށައިފައެވެ.
އޮފިޝަލުން ވަނީ ގާޒާގެ ދެކުނު ސަރަހައްދުގައި އެހީގެ ތަކެތި ފޯރުކޮށްދޭ ސަރަހައްދަށް އެއްވި މީހުންނަށް އިސްރާއީލުން ދިން ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ވެސް ބުނެފައެވެ.
މަންޒަރު ދުއްފަރާތްތަކާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ އިސްރާއީލުން އާންމުންގެ ތެރެއަށް ހަމަލާދިނުމުގެ ކުރިން އެއްވެސް އިންޒާރެއް ދީފައިނުވާކަމަށް ރިޕޯޓުކޮށްފައެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު