ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް، އީރާންގެ ސައުތު ޕާސްއަށް އިޒްރޭލުން ހަމަލާ ދީފިއެވެ.
އިޒްރޭލުން އިރާނާ ހަނގުރާމަ ފަށައި ދެފަރާތުން ވެސް ރައްދުގައި ބަދަލު ހިފަމުން އަންނަ އިޒްރޭލުން ވަނީ އިރާނުގެ މުހިންމު ގޭސް ފީލްޑަށް ހަމަލާދީ އެތަނަށް ގެއްލުން ދީފައެވެ.
ރިޕޯޓުތައް ބުނާގޮތުން އެހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ގޭސް ފީލްޑްގައި ވަނީ ހުޅު ރޯވެފައެވެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އިޒްރޭލުން ދިން ޑްރޯން ހަމަލާ އަރާފައިވަނީ އިރާނުގެ ދެކުނުން އޮންނަ ޕާސް ގޭސް ފީލްޑަށެވެ. އެއީ ދުނިޔޭގައި އޮންނަ އެންމެ ބޮޑު ގޭސް ފީލްޑެވެ. ބައެއް ރިޕޯޓުތަކުން ވަނީ އެ ފީލްޑުގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް ބުނެފައެވެ.
އިޒްރޭލުން ފެށި ހަނގުރާމައިގައި އިރާނަށް އިސްވެ ހަމަލާދޭން ފެށި ފަހުން އިރާނުގެ ނިއުކްލިއާ ސައިޓުތަކާއި ހަތިޔާރު އުފައްދާ ފެކްޓްރީތަކުގެ އިތުރުން މިސައިލު ލޯންޗު ކުރާ ތަންތަކަށް އިޒްރޭލުން ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިޒްރޭލުން ދޭން ފެށި ހަމަލާތައް ވަރުގަދަކޮށްފައިވާ އިރު އާންމުން އުޅޭ ސަރަހައްދުތަކަށްވެސް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާތަނަށް އިރާނުން 80 މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި 20 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
އިގްތިސޯދު
ކުށް
ކްރިމިނަލް ކޯޓް