އިޒްރޭލުން ރޭ ދަންވަރު އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން އެ ގައުމަށް 100 މިސައިލް ހަމަލާ ފޮނުވާލައިފި އެވެ.
އިޒްރޭލުގެ ވެރިރަށް ތެލް އަވީވަށް އަމާޒުކޮށް އީރާނުން ފޮނުވާލި ބައެއް މިސައިލްތައް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން ގޮއްވާލި ނަމަވެސް ބައެއް މިސައިލުތައް ވަނީ އިޒްރޭލަށް އަރައިފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިސައިލުތައް ވެއްޓުމުގެ ސަބަބުން އިސްރާއީލަށް ބައެއް ތަންތަނަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
އެގޮތުން އިޒްރޭލުގެ ޑިފެންސް މިނިސްޓްރީ ކައިރިއަށް މިސައިލެއް ވެއްޓި އެ ސަރަހައްދުގައި އަލިފާން ރޯވެފައިވާއިރު އިޒްރޭލުގެ ޗެނަލް 13 އިން ވަނީ ޑިފެންސް މިނިސްޓްރީ ހެޑްކުއާޓާޒްއަށް ވެސް މިސައިލެއް ވެއްޓުނު ކަމަށް ރިޕޯޓްކޮށްފައެވެ.
މުހައްމަދު އައުޒަމް
އިރާން
އިރާން
އިރާން
އިރާން