ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންނަށް ހާއްސަ ކޮށްގެން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
އައިޖީއެމްއެޗް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނަ އެ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ފްލޫ ކިލިނިކަށް އަންނަ މީހުން ފުރަތަމަ ދާން ޖެހޭނީ އީއާރް ޓްރިއޭޖް ކައުންޓަރަށެވެ. ބަލި މީހުން ބަލާނީ ކޮޓަރި ނަންބަރު 10 (ކުރީގެ ޖީއޯޕީޑީ) ސަރަހައްދުންނެވެ.
އައިޖީއެމްއެޗުން ބުނީ ހައްޖުން އައުމަށްފަހު ހުން އައުން ނުވަތަ ރޯގާގެ އަލާމަތެއް ހުރިކަން ފާހަގަކުރެވޭ ނަމަ ކްލިނިކަށް ދެއްކުމަށް އެދޭ ކަމަށެވެ.
މުހައްމަދު އިޝާން
އައިޖީއެމްއެޗް