މިދިޔަ ހޯމަ ދުވަހު މެލޭޝިޔާގައި ކުއްލި ގޮތަކަށް އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިހް އިބްރާހީމް ފަރީދު އަހުމަދުގެ ޖަނާޒާ ބާއްވައިފި އެވެ.
ޝެއިހް ފަރީދުގެ ޖަނާޒާ ބޭއްވީ މެލޭޝިޔާގެ ރާޖާ ހާޖީ ފީ ސަބީލިﷲ މިސްކިތުގަ އެވެ. އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޝައިހްގެ މައްޗަށް ކަށުނަމާދު ކުރަން ވަނީ ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް ވިދާޅުވީ ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން ދާތީ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން ޝައިހްގެ ހަށިގަނޑު ވަޅުލައިފި ނަމަ، ހުކުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ޝެއިހް ފަރީދުގެ ހަށިގަނޑު މާލެ ގެންނަން ކުރިން ނިންމި ނަމަވެސް އެ ނިންމުން ބަދަލުކުރީ އާއިލާއާ ހަވާލާދީ، ފަރީދާ އެކު މެލޭޝިއާއަށް ދިޔަ ޓީމުގެ މެންބަރަކު ބުނި ގޮތުގައި، މެލޭޝިޔާގެ ގަވާއިދު އޮންނަ ގޮތުން އެގޮތަށް ކަންތައް ކުރާނަމަ ޕޯސްޓު މޯޓަމް ހަދަން ޖެހޭތީއެވެ.
"ރާއްޖެ ގެންނަ ކަމަށްވަންޏާ މެލޭޝިޔާގެ ގަވައިދު ބުނާގޮތުން ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އާއިލާއިން އެކަން ކުރަން ބޭނުން ނުވާތީ މިހާރު ޝެއިހްގެ ހަށިކޮޅު މެލޭޝިޔާގައި ވަޅުލާގޮތަށް އާއިލާއިން ވަނީ ނިންމާފަ،" ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އެ މެންބަރު ބުނެފައިވެއެވެ.
ޝެއިހް ފަރީދަކީ ދީނީ ދަރުސް ދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި ގިނަ އަހަރުތަކެއް ވާންދެން ދަރުސް ދެއްވުމުގައި އުޅުއްވި ބޭފުޅެކެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު