އަރަބި ކަނޑުގައި ރޯވި ކާގޯ ބޯޓުން ހަތަރު މީހަކު ގެއްލިއްޖެއެވެ.

އިންޑިއާގެ ކެރެލާގެ ދެކުނުން ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ސިންގަޕޫރަށް ނިސްބަތްވާ ކާގޯ ބޯޓު އެމްވީ ވަން ހައި 503 ރޯވެފައިވަނީ މިދިޔަ ހޯމަ ދުވަހު އެބޯޓުން އުފުލަމުން ދިޔަ ކޮންޓެއިނަރެއްގައި ރޯވުމުގެ ސަބަބުންނެވެ.

އިންޑިއާގެ ކޯސްޓް ގާޑުން އިއްޔެ ވަނީ އޭގެން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށާއި 18 ކުރޫއިން ސަލާމަތްކޮށްފައިވާ ކަމަށް ބުނެފައެވެ.

އިންގަޕޫރުގެ ސަރުކާރުން ވަނީ އެ ހާދިސާ ހިނގުމާއެކު އެގައުމުން ރެސްކިއު ޓީމެއް އެސަރަހައްދަށް ފޮނުވައިފައެވެ.

އިންޑިއާގެ ނޭވީއިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުން އެ ކާގޯ ބޯޓުގެ ކޮންޓެއިނަރުތައް ހުންނަ ސަރަހައްދުގެ މެދުން އަލިފާން ރޯވެ ބޯ ދުން އަރަމުން ދެއެވެ.