ކޯޕަރޭޓް މޯލްޑިވްސްގެ "ބިޒްވީކް 2025" މިމަހު 18-19 ގައި ބާއްވަން ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބީ2ބީ ނެޓްވޯކިން އިވެންޓެވެ. މި އިވެންޓަކީ އެކި ދާއިރާތަކުގެ ވިޔަފާރިތަކާއި، ޕްރޮފެޝަނަލުންނާއި، ނިންމުންތައް ނިންމާ ފަރާތްތައް ގުޅުވައިދިނުމަށް ފަރުމާކުރެވިފައިވާ ދެ ދުވަހުގެ ހަރަކާތެކެވެ.
5,000 އަށްވުރެ ގިނަ ޕްރީ-ޝެޑިއުލް ބައްދަލުވައްދަލުވުން ރޭވިފައިވާ މި އިވެންޓަކީ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. ބްރޭންޑްތައް ތައާރަފުކޮށް ފުޅާކުރުމަށާއި، ދިވެހި ވިޔަފާރީގެ މާހައުލަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށާއި، ރާއްޖޭގެ ވިޔަފާރި ދާއިރާގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ބޭނުންވާ ފަރާތްތަކަށް މި އިވެންޓުން ފުރުސަތު ލިބިގެންދާނެ އެވެ.
ރަޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ ކޯޕަރޭޓް މޯލްޑިވްސްގެ ނެޓްވޯކް މެދުވެރިކޮށެވެ. ވިޔަފާރިތަކުން ސްޓޯލް ބެހެއްޓުމަށާއި ބައިވެރިވާން ފީއެއް ދައްކާން ޖެހުނު ނަމަވެސް، ޕްރޮފެޝަނަލުންނަށް ބައިވެރި ވެވޭނީ ހިލެއެވެ.
މި އިވެންޓްގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ސީއީއޯ ސަމިޓް، ނެޓްވޯކް މީޓިންގްތައް، ޕްރޮޑަކްޓް ލޯންޗްތައް އަދި ވިޔަފާރި ސެމިނާތައް ހިމެ ހިމެނެއެވެ. ސީއީއޯ ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ 18 ޖޫންގައި ހޮޓެލް ޖެންގައެވެ. އަދި ނެޓްވޯކް ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައިވަނީ 19 ޖޫންގައި މީރުމާ ކޮންފަރެންސް ފެސިލިޓީގައެވެ.
މި އިވެންޓްގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ޕްލެޓިނަމް ޕާޓްނަރުންނަކީ އޫރީދޫ މޯލްޑިވްސް އާއި ދިރާގެވެ. އިވެންޓް ޕާޓްނަރުންގެ ތެރޭގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ވެލިގާ، އިވެންޓް މޯލްޑިވްސް، މެޑްޓެކް، އަދި ޕްރިންޓް ލެބް ހިމެނެއެވެ.
ކޯޕަރޭޓް މޯލްޑިވްސް
ކޯޕަރޭޓް މޯލްޑިވްސް
ކޯޕަރޭޓް މޯލްޑިވްސް
ކޯޕަރޭޓް މޯލްޑިވްސް