ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ބާއްވާ ފްލެގްޝިޕް އިވެންޓު، "ބިޒްވީކް" އަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން އަހަރަކު އެއްފަހަރު ބާއްވާ އެ އިވެންޓު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 އިން 15 އަށެވެ. އެ އިވެންޓަކީ އެއްތަނެއްގައި އެތައް ސަތޭކަ ފިޔަފާރިތަކާއި، ނިންމުންތައް ނިންމާ ފަރާތްތަކާ ދެމެދު ގުޅުންތައް ގާއިމުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އިވެންޓެކެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ އެ އިވެންޓު ކުރިއަށްދާނީ ކުރިއާލައި ރެޖިސްޓްރީކޮށް ބައްދަލުވުންތައް ޝެޑިއުލްކުރެވިގެން ކަމަށާއި އެ އިވެންޓުގައި 5،000 އަށްވުރެ ގިނަ ޕްރީ ޝެޑިއުލް ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ.
ބިޒްވީކްގެ ތެރެއިން "ސީއީއޯ ސަމިޓް" ވެސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގެ ބޮޑެތި އަދި ފުންނާބު އުސް ވިޔަފާރިވެރިން އެއްތަނަކުން އެއްވެ، އިގުތިސާދީ ކުރިއެރުމާއި، ގައުމީ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ޒަމާނީ ސްޓްރެޓެޖީތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ ބިޒްވީކްގައި 100 އަށްވުރެ ގިނަ ވިޔަފާރިއާއި އެކި ދާއިރާތަކުން 2000 އަށްވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވެ، ގުޅުންތައް ބަދަހިކުރުމަށް ފުރުސަތު ހުޅުވާލެވިގެންދާ އިރު، ވިޔަފާރީގެ އާ ފުރުސަތުތައް ތަނަވަސްކުރުމަށް ވެސް އެއީ މުހިންމު އިވެންޓެއް ކަމަށެވެ.
ބިޒްވީކަކީ ކޯޕަރޭޓް މޯލްޑިވްސް އިން އުފެއްދުންތެރިކަމަށް ދޭ އަހައްމިއްޔަތުކަމާއި، ވިޔަފާރީގެ ހަރުދަނާ އަދި ގުޅިލާމެހިފައިވާ ވިއުގައެއް ބިނާކުރުމަށް ކޯޕަރޭޓް މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބާއްވާ ބީޓުބީ ނެޓްވޯކިން އިވެންޓެކެވެ. ބިޒްވީކްގެ އާ ސިފަތަކާއެކު ކޯޕަރޭޓް މޯލްޑިވްސްގެ އަމާޒަކީ ވާދަވެރި މާކެޓް ލޭންޑްސްކޭޕްގައި ވިޔަފާރިތަކަށާއި ޕްރޮފެޝަނަލުންނަށް ކުރިއެރުމަށް ހަރުދަނާ އަދި މުހިންމު ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ. އެ އިވެންޓުގެ ތެރެއިން ވިޔާފާރީގެ ގުޅުންތައް ބަދަހިކުރުމާއި މާކެޓް ހޯދުމަށް ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ދެކެއެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން ވަނީ ބިޒްނަސް ނެޓްވޯކިން ޕޯޓަލްއެއް ވެސް ތައާރަފުކޮށްފައެވެ. އެއީ ރާއްޖޭގެ ވިޔަފާރިވެރިންގެ ޑައިނަމިކް ހަބެއްގެ ގޮތުގައި މަސައްކަތްކުރާނެ ޕޯޓަލްއެކެވެ. އަދި އެކި ކަހަލަ ވިޔަފާރިތައް އެއް ތަނަކުން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ. އެ ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ މައުލޫމާތަކުގެ އިތުރުން ވަޒީފާތަކަށް ޕްރޮފެޝަނަލް މީހުން ހޯދުމަށާއި އެފަދަ ވަޒީފާތައް ހޯދުމަށް ވެސް ފުރުސަތު ހުޅުވާލެވިފައިވެއެވެ.
ވިޔަފާރިތަކަށާއި ޕްރޮފެޝަނަލް ފަރާތްތަކަށް އެ ޕޯޓަލްގައި ހިލޭ ރެޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން ރަޖިސްޓަރީކުރުމަށް network.corporatemaldives.com/register އަށް ޒިޔާރަތްކުރުމަށް ކޯޕަރޭޓް މޯލްޑިވްސް އިން އެދެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް marketing@orcamedia އަށް އީމެއިލް ކުރުމަށް ނުވަތަ 7984664 ގުޅުމަށް ވެސް ކޯޕަރޭޓް މޯލްޑިވްސް އިން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު